ފަަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ

ތަޢާރަފް
މިއީ ޤާނޫނު ނަންބަރު 2014/2 (އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތީގެ ތެރެއިން ކާޑުގެ ބާވަތްތައް ގަތުމަށް ސަރުކާރުން ފޯރުކޮށްދޭ މާލީއެހީއެކެވެ. މި އެހީގެ މަޤްސަދަކީ ފަގީރު ހާލަތުގެ ސަބަބުން ކާބޯތަކެތި ގަތުމަށް ދަތިވާ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ލުޔެއް ލިއްބައިދިނުމެވެ.

އެހީއަށް އެދޭނެ ގޮތް
ޝަރުތުހަމަވާ ފަރާތްތަކުން މި ޕްރޮގްރާމަށް ޚާއްސަ ކުރެވިފައިވާ ފޯމު ފުރާ، އެ ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުން.

ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި
1. އެހީއަށް އެދޭ ފަރާތުގެ ގޭބިސީގައި ދިރިއުޅޭ ހުރިހާ ފަރާތެއްގެ އައި.ޑީކާޑު ކޮޕީ. (ގޭބިސީއަކީ އެއްކޮށް ކައްކާ، ކައިބޮއި، ނިދާ ހަދާ މީހުންނެވެ.)
2. އެހީއަށް އެދޭ ފަރާތް ދިރިއުޅޭ ގޭބިސީގެ ކަރަންޓު ބިލްގެ ކޮޕީ (އެންމެ ފަހުގެ 2 މަސް)
3. ރަސްމީ ތައުލީމު ހާސިލްކުރާ އުމުރުގެ ކުދިންގެ އެންމެ ފަހު ސެމިސްޓަރގެ ސްކޫލް ހާޒިރީ ރިޕޯޓްގެ ކޮޕީ
4. ރަސްމީ ތައުލީމު ހާސިލްކުރާ އުމުރުގެ ކުދިންނަމަ ސްކޫލްގައި އުޅޭ ކުއްޖެއް ކަން އަންގައިދޭ 3 މަސް ހަމަނުވާ ލިޔުމެއް
5. އުމުރުން 6 އަހަރުން ދަށުގެ ކުއްޖެއްނަމަ ވެކްސިން ދެވުނުކަން އަންގައިދޭ ލިޔުމުގެ ހުރިހާ ގަނޑެއްގެ ކޮޕީ
6. އެހީއަށްއެދޭ ފަރާތުގެ ބޭންކް އެކައުންޓު ނަމާއި ނަމްބަރު ސާފުވާނޭފަދަ ގޮތަކަށް އެންމެ ފަހު 3 މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް
7. އެހީއަށް އެދޭ ފަރާތުން ކުއްޔަށް އުޅޭނަމަ ކުލީގެ މިންވަރު އެނގޭނެފަދަ އެގްރިމެންޓެއް/ގޭގެ ވެރިފަރާތުގެ ލިޔުމެއްގެ ކޮޕީ
8. ގޭބިސީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އާމްދަނީ ހޯދަމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ވަޒީފާ އަދާކުރާކަމުގެ ލިޔުން

arrow-download-icon
ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު

arrow-download-icon
ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީއަށް އެދޭ ފަރާތުގެ ހާލަތު ބަދަލުވިކަން އަންގާ ފޯމު

ޙާލަތު ބަދަލުވެއްޖެކަމަށް ބަލާ މިންގަނޑުތައް

  • ގޭބިސީގެ މީހުންގެ އަދަދަށް ބަދަލުއައުން.