ކައުންސިލް ތަކުން އެންސްޕާގެ ޕޯޓަލް ބޭނުންކުރުމަށް އަހުލުވެރި ކުރުމުގެ ގޮތުން ޕައިލެޓް ޓެސްޓިންގް ޕްރޮގްރާމެއް ޏ.ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފި

March 26, 2016

 

photodds

ކައުންސިލް ތަކުން އެންސްޕާގެ ޕޯޓަލް ބޭނުންކުރުމަށް އަހުލުވެރި ކުރުމުގެ ގޮތުން ޕައިލެޓް ޓެސްޓިންގް ޕްރޮގްރާމެއް 23 މާރިޗު 2016ވީ ބުދަ ދުވަހު ޏ.ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޏ.އަތޮޅުގެ ކަައުންސިލް އިދާރާތަކުގެ މެމްބަރުން ހިމެނޭ ގޮތަށެވެ. ފުވައްމުލަކުގެ 8 އަވަށުގެ ކައުންސިލްތަކުގެ މެމްބަރުންވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ. އަދި  21 މަާރިޗު 2016 އިން ފެށިގެން ޏ.ފުވައްމުލަކުގެ 8 އަވަށަށް މި އެޖެންސީގެ 6 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ވަނީ ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުގެ މައިގަނޑު މަޤްސަދަކީ މި އެޖެންސީން ކުރިއަށް ގެންދާ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެކަނިވެރި މައިން/ބަފައިން ބަލަހައްޓާ ކުދިން، ޤާނޫނީ ގޮތުން ބެލެނިވެރިކަން ޙަވާލުވެގެން ބަލަހައްޓާ ކުދިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެހީ ލިބޭ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ދެނެގަނެ އެފަދަ ފަރާތްތައް މޮނިޓަރ ކުރުމެވެ. މި ދަތުރު ނިންމާލާފައި ވަނީ 26 މާރޗް 2016 ގައެވެ.