އޮފީސްތަކުގެ މެދުގައި ބޭއްވުނު އަތުލިޔުމުގެ މުބާރާތުން ދެވަނަ އެންސްޕާއިން ހާސިލްކުރުން

August 3, 2018

ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން މުވައްޒަފުންގެ ހިތްތަކުގައި ތާނަ އަކުރަށް ލޯބި އުފެއްދުމުގެ މަޤުސަދުގައި ބޭއްވި އަތުލިޔުމުގެ މުބާރާތުގައި މި އެޖެންސީގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. އެކިއެކި މުޢައްސަސާތަކުން މި މުބާރާތުގައި ބައިވެރިވެފައިވާއިރު މި އެޖެންސީއަށް ވަނީ މުޅި މުބާރާތުން 2 ވަނަ ލިބިފައެވެ. މިއަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ “ދިވެހި ފޮތް ކިޔަމާ: ދަރިވަރުން، ބެލެނިވެރިން، އަހަރުމެން އެންމެން” މިއެވެ.