ބޭސްފަރުވާގެ އެހީ

ތަޢާރަފް
ބޭސްފަރުވާގެ އެހީގެ ޕްރޮގަރާމަކީ ރައްޔިތުންނަށް ބޭސްފަރުވާކުރުމުގައި ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ސަރުކާރުން އުފައްދަވާފައިވާ ޕްރޮގްރާމެކެވެ.

ބޭސްފަރުވާގެ އެހީގައި ފޯރުކޮށްދޭ ޚިދުމަތްތައް
1. ރާއްޖެއިން ލިބެންނެތް ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ފަރާތްތަކަށް މާލީގޮތުން އެހީވުން.(މީގެ ތެރޭގައި އާސަންދަ އެހީ ލިބިގެން ބޭރަށްދާ ފަރާތްތަށްވެސް ހިމެނެއެވެ.)
2. އާސަންދައިން ނުލިބޭ ބޭހާއި އިންޖެކްސަން ފަދަ ތަކެތި ހޯދައިދިނުމަށް އެހީދިނުން.
3. އޮކްސިޖަން/ބައިޕެޕް/ވީޕެޕް/ސީޕެޕް މެޝިން ބޭނުންވާ މީހުންނަށް އެތަކެތި ފޯރުކޮށްދިނުމުގައި އެހީވުން.
4. ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހަދައި ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސް ދިނުން.
5. ސަރުކާރުގެ ހޮސްޕިޓަލްތަކުން ނުލިބޭ ފަރުވާއެއް އަމިއްލަ ހޮސްޕިޓަލަކުން ހޯދާނަމަ އެކަމުގައި އެހީވެދިނުން.
6. ތެލެސީމިއާ ކުދިންނަށް ބޭނުންވާ HLA TYPING / MRI T2* ހެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
7. އޮޕަރޭސަންތަކުގައި ބޭނުންކުރާ އާސަންދައިން ނުލިބޭ އާލާތްތައް ހޯދުމުގައި އެހީތެރިވެދިނުން.
8. މަސްނޫޢީ ފައިޖެހުމަށް ބޭނުންވާ މީހުންނަށް ފައިޖަހާދިނުމަށް އެހީވެދިނުމާ މިފަދަ މީހުންނަށް ބޭނުންވާ ފައިވާން ހޯދާދިނުމުގައި އެހީތެރިވެދިނުން.

އެހީއަށް އެދޭނެ ގޮތް
އެހީއަށް އެދި ހުށަހަޅާނީ ” ބޭސްފަރުވާގެ ޙަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމު ” މެދުވެރިކޮށެވެ.

އެހީއަށްއެދި ފޯމު ހުށަހަޅާއިރު ބޭނުންވާ ލިޔެކިޔުންތައް
1. އެހީއަށްއެދި ހުށަހަޅާ ފަރާތް އަދި އެހީ ލިބެންވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
2. އެހީ ބޭނުންވާ ފަރުވާއާއި ބެހޭގޮތުން ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑޮކްޓަރު ދެއްވާފައިވާ ލިއުންތަކާއި ބޭސްސިޓީތަކާއި ހަދާފައިވާ ޓެސްޓުތަކުގެ ކޮޕީ
3. ސްކީމުން އެހީއަކަށް ހުށަހަޅުއްވާފައިވާނަމަ ހުށަހެޅި ފޯމާއި ދިން ޖަވާބުގެ ކޮޕީ
4. ފައިސާގެ އެހީއެއް ލިބިއްޖެނަމަ އެފައިސާ ޖަމާކުރާނެ ބޭންކު އެކައުންޓުގެ މައުލޫމާތު ސާފުކޮށް އެނގޭނެފަދަ ބޭންކުން ދޫކޮށްފައިވާ ލިޔުމެއް
5. ހާލަތު ބަޔާންކޮށްދޭ ސިޓީ (އިތުރު ތަފްޞީލު ހުށަހަޅަން ބޭނުންވާނަމަ)
6. ކުރިން ދެވިފައިވާ އެހީއާއި ގުޅުންހުރި ޑަކްޓަރުގެ ލިޔުން (ބޭސްފަރުވާގެ ލިޔެކިޔުންތައް)

arrow-download-icon
ބޭސްފަރުވާގެ ޙަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމު

arrow-download-icon

ބޭސްފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އާލާތެއް ނުވަތަ މެޝިނެއް ހޯދުމަށް ހިނގާ ޚަރަދު ހަމަޖައްސައި ދިނުމަށް އެދި ހުށަހަޅާ ފޯމް

arrow-download-icon

ބޭސްފަރުވާގެ ޙަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ބޭންކު އެކައުންޓްގެ ތަފުސީލު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.