ހުސްނުވާ އާސަންދަ

ތަޢާރަފް
ހުސްނުވާ އާސަންދަ އަކީ ދިވެހިންގެ ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމަށްޓަކައި އެކުލަވާލެވިފައިވާ ޞީއްޙީ އިންޝުއަރެންސްގެ ނިޒާމެކެވެ. އާސަންދައިގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެގޮތް ހަމަޖައްސައިދިނުމެވެ.

ރާއްޖޭން ބޭރަށް ބޭސް ފަރުވާ ހޯދުމަށް ދިއުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް
1. އާސަންދައިގެ ރިކޮމެންޑޭޝަން ފޯމް (ހުށަހަޅުއްވަން ވާނީ ފޯމުގެ އަސްލެވެ.)
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3. ފަރުވާ ހޯދުމަށް އެދޭ ބައްޔާގުޅޭ ގޮތުން ޑޮކްޓަރ ދެއްވާފައިވާ އެންމެ ފަހުގެ ލިޔުންތަކުގެ ކޮޕީ (ސަޕޯރޓިންގ ޑޮކިއުމަންޓްސް: ތަޙުލީލީ ރިޕޯޓު ފަދަ ލިޔުންތައް)
4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ (މުއްދަތު ހަމަވުމަށް އެންމެ މަދުވެގެން 6 މަސްދުވަސް އޮންނަންވާނެއެވެ.)

އާސަންދަ އޮފީސް ހުންނަ ތަން: އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގެ 3 ވަނަ ފަންގިފިލާ

އާސަންދަ އޮފީސް ހުޅުވިފައި ހުންނާނެ ގަޑި: ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި ހަވީރު 16:00 އާއި ދެމެދު

arrow-download-icon
އާސަންދަ ރިކަމެންޑޭޝަން ފޯމް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1400 އަށް ގުޅުއްވުން އެދެމެވެ.