ޚަބަރު

“ސިވިލް ސަރވިސް އީޖާދީ އިނާމު” ގެ “ގޯލްޑް އެވޯޑް 2018” އެންސްޕާ އިން ހާޞިލްކުރުން
2018 ވަނަ އަހަރު ސިވިލް ސަރވިސް ކޮމިޝަނުން ހުޅުވާލި “ސިވިލް ސަރވިސް އީޖާދީ އިނާމު” ގައި މި އެޖެންސީ އިން ބައިވެރިވެ މި އިނާމުގެ 3 ގިންތީގެ ތެރެއިން އެންމެ މަތީ ގިންތިކަމަށްވާ “ގޯލްޑް އެވޯޑް” ވަނީ ހާޞިލްކޮށްފައެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ގޮތުން ހުށަހަޅައިފައިވަނީ މި އެޖެންސީ އިން ބޭނުންކުރަމުންދާ “އީ-އެންސްޕާ” ސިސްޓަމެވެ. މިގޮތުން “އީ-އެންސްޕާ” އަށް ގޯލްޑް އެވޯޑު ލިބިފައިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮފީހުގެ މަސައްކަތްތައް ހަލުވިކުރުމުގެ ދާއިރާއިންނެވެ……

 

ދިވެހިރާއްޖޭގެ އަޑުގެ 6 ވަނަ ރޭޑިއޯ ޑްރާމާ މުބާރާތުން 3 ވަނަ އެންސްޕާއިން ހާސިލްކުރުން
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އިން މިއަހަރު ވަނީ ދިވެހިރާއްޖޭގެ އަޑުގެ 6 ވަނަ ރޭޑިއޯ ޑްރާމާ މުބާރާތް “ކުލަވަރު” ގައި ބައިވެރިވެފައެވެ. އެކިއެކި މުޢައްސަސާތަކުން މި މުބާރާތުގައި ޖުމްލަ 24 ޑްރާމާ ބައިވެރިކޮށްފައިވާއިރު މުޅި މުބާރާތުގެ 3 ވަނަ ޑްރާމާއަކަށް ހޮވިފައިވަނީ މި އެޖެންސީ އިން އުފައްދާފައިވާ ޑްރާމާ “ހިންތާ” އެވެ. މީގެ އިތުރުން، މުބާރަތުގެ އެކިއެކި ވަނަތަކަށް ހޮވުނު…..

 
އޮފީސްތަކުގެ މެދުގައި ބޭއްވުނު އަތުލިޔުމުގެ މުބާރާތުން ދެވަނަ އެންސްޕާއިން ހާސިލްކުރުން
ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން މުވައްޒަފުންގެ ހިތްތަކުގައި ތާނަ އަކުރަށް ލޯބި އުފެއްދުމުގެ މަޤުސަދުގައި ބޭއްވި އަތުލިޔުމުގެ މުބާރާތުގައި މި އެޖެންސީގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. އެކިއެކި މުޢައްސަސާތަކުން މި މުބާރާތުގައި ބައިވެރިވެފައިވާއިރު މި އެޖެންސީއަށް ވަނީ މުޅި މުބާރާތުން 2 ވަނަ ލިބިފައެވެ. މިއަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ “ދިވެހި ފޮތް ކިޔަމާ: ދަރިވަރުން، ބެލެނިވެރިން، އަހަރުމެން އެންމެން”…….
 
ސްޓެޓިސްޓިކަލް ޕެކޭޖް ފޮރ ސޯޝަލް ސައިންސަސް (އެސް.ޕީ.އެސް.އެސް) ބޭސިކް އަދި އެޑްވާންސް ޓްރޭނިންގ ޕްރޮގްރާމް
ނެޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ވަނީ 2015 އޮކްޓޯބަރ އިން 2015 ނޮވެމްބަރ ގެ ނިޔަލަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)ގެ އެހީތެރިކަމާއި އެކު މުވައްޒަފުން ތަމްރީންކުރުމަށްޓަކައި ސްޓެޓިސްޓިކަލް ޕެކޭޖް ފޮރ ސޯޝަލް ސައިންސަސް (އެސް.ޕީ.އެސް.އެސް) ބޭސިކް އަދި އެޑްވާންސް ޓްރޭނިންގ ޕްރޮގްރާމެއް ހިންގާފައެވެ. މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ…..
 
ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ މޮނިޓަރިންގ ޓީމް ހއ.ކެލާ ކައުންސިލްއާއި ބައްދަލުކުރެއްވުން
15 ޑިސެމްބަރ 2015 އިން ފެށިގެން ތިލަދުންމަތީ އުތުރުބުރީގެ ރަށްރަކަށް ނެޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ވަނީ ޒިޔާރަތްކުރައްވާފައެވެ. އެ ގޮތުން މިޓީމުން ވަނީ ހއ.ހޯރަފުށި، ހއ.އިހަވަންދޫ،ހއ.ކެލާ،ހއ.ދިއްދޫ އަދި ހއ.ބާރަށަށް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުގެ މައިގަނޑު މަޤްސަދަކީ…..
 
އެކަނިވެރި މައިން/ބަފައިން އަދި ޤާނޫނީ ބެލެނިވެރިކަމުގެ އެހީއަށް އެދޭ އާ ފޯމު
އިޖްތިމާޢީރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ގޮތުގައި މި އޭޖެންސީއިން ކުރިއަށް ގެންދާ “ފަޤީރު ޙާލުގައި ދިރިއުޅޭ އެކަނިވެރި މައިން/ބަފައިން ބަލަހައްޓާ ކުދިންނަށް” އަދި “ފަޤީރު ޙާލުގައި ދިރިއުޅޭ ޤާނުނީ ގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ ކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށްދެވޭ މާލީ އެހީ” އަށް ހުށަހެޅުމަށް މިހާރު ބޭނުންކުރަމުންދާ ފޯމް ވަނީ މުރާޖަޢާކުރެވިފައެވެ. މި ފޯމް މުރާޖަޢާ ކުރުމުގެ މައިގަނޑު މަޤްސަދަކީ…..