ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް

ތަޢާރަފް
މި އެހީއަކީ ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް މާލީ ގޮތުން އެހީތެރިވެ ދިނުމަށް ސަރުކާރުން ފައްޓަވާފައިވާ ޕްރޮގްރާމެކެވެ. މި އެހީ ދިނުމުގެ މައިގަނޑު މަޤްޞަދަކީ މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެން ފަރާތަކުން ބަލަހައްޓާ ކުދިން ބިކަވިޔަނުދީ މުޖުތަމަޢުގެ އެހެން ކުދިންނާއި އެއްހަމައެއްގައި ދިރިއުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

އެހީއަށް އެދޭނެ ގޮތް
ޝަރުތުހަމަވާ ފަރާތްތަކުން މި ޕްރޮގްރާމަށް ޚާއްސަ ފޯމު ފުރާ، އެ ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުން.

ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި

  1. އެހީއަށް އެދޭ ފަރާތުގެ ގޭބިސީގައި ދިރިއުޅޭ ހުރިހާ ފަރާތެއްގެ އައިޑީކާޑު ކޮޕީ. (ގޭބިސީއަކީ އެއްކޮށް ކައްކާ، ކައިބޮއި، ނިދާ ހަދާ މީހުންނެވެ.)
  2. އުމުރުން 10 އަހަރުވެފައިވާ ޝަރުޢީ ބައްޕައެއް ނެތް ކުއްޖަކަށް ދައުލަތުގެ އެހީއަށް އެދޭނަމަ އުފަންދުވަހުގެ ސެޓްފިކެޓް ކޮޕީ
  3. އެހީއަށް އެދޭ ފަރާތް ދިރިއުޅޭ ގޭބިސީގެ ކަރަންޓް ބިލުގެ ކޮޕީ (އެންމެ ފަހުގެ 2 މަސް)
  4. ރަސްމީ ތަޢުލީމު ހާސިލުކުރާ އުމުރުގެ ކުދިންގެ އެންމެ ފަހު ސެމިސްޓަރގެ ސްކޫލް ހާޒިރީ ރިޕޯޓުގެ ކޮޕީ
  5. ރަސްމީ ތަޢުލީމު ހާސިލުކުރާ އުމުރުގެ ކުދިންނަމަ ސްކޫލުގައި އުޅޭ ކުއްޖެއްކަން އަންގައިދޭ 3 މަސްދުވަސް ހަމަނުވާ ލިޔުމެއް
  6. އުމުރުން 6 އަހަރުން ދަށުގެ ކުއްޖެއްނަމަ ވެކްސިން ދެވުނުކަން އަންގައިދޭ ލިޔުމުގެ ހުރިހާ ގަނޑެއްގެ ކޮޕީ
  7. އެހީއަށް އެދޭ ފަރާތުގެ ބޭންކް އެކައުންޓު ނަމާއި ނަމްބަރު ސާފުވާނޭފަދަ ގޮތަކަށް އެންމެ ފަހު 3 މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް
  8. ޤާނޫނީ ގޮތުން ކުއްޖާ ބަލަން ހަވާލުކޮށްފައިވާކަން ބަޔާންކޮށް ކޯޓުން ދޫކޮށްފައިވާ ލިޔުމެއް
  9. އެހީއަށް އެދޭ ފަރާތުން ކުއްޔަށް އުޅޭނަމަ ކުލީގެ މިންވަރު އެނގޭނޭފަދަ އެގްރިމަންޓެއްގެ ކޮޕީ
  10. ގޭބިސީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ވަޒީފާ އަދާކުރާކަމުގެ ލިޔުން

arrow-download-icon
ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ މާލީ އެހީއަށް އެދޭ ފޯމު

arrow-download-icon

ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ މާލީ އެހީއަށް އެދޭ ފަރާތުގެ ހާލަތު ބަދަލުވިކަން އަންގާ ފޯމު

* ޙާލަތު ބަދަލުވެއްޖެކަމަށް ބަލާނެ ކަންތައްތައް

  1. އެހީ ލިބޭ ކުއްޖާ ވަޒީފާ އަދާކުރުން ނުވަތަ ކައިވެނިކުރުން.
  2. އެހީ ލިބޭ ކުއްޖާ ބަލަމުންދާ ބެލެނިވެރިޔާ ނުވަތަ ކުއްޖާ ނިޔާވުން.
  3. އެހީލިބެމުންދަނީ ސްކޫލަށްދާ އުމުރުގެ ކުދިންނަމަ މަޤުބޫލު އުޒުރެއްނެތި ސްކޫލް ހާޒިރީ %80 އަށްވުރެ ދަށްވުން.
  4. ޤާނޫނީ ބެލެނިވެރިކަން ހަވާލުވެގެން ބަލާ ކުދިންނަށް ލިބޭ އެހީ ފިޔަވައި އެނޫން އެހީއެއް ދައުލަތުގެ ފަރާތުން އެކުއްޖާއަށް ލިބޭގޮތަށް ހަމަޖެހުން.
  5. ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ބަދަލުކުރުން.
  6. ޤާނޫނީ ބެލެނިވެރިކަން ހަވާލުވެގެން ބަލާ ކުއްޖާއަށް 18 އަހަރު ފުރުން.
  7. ޤާނޫނީ ބެލެނިވެރިކަން ހަވާލުވެގެން ބަލާ ކުދިން އެހެން ފަރާތެއްގެ ކައިރީގައި ދިރިއުޅުން.
  8. އެހީ ކުރިއަށް ގެންދިއުމުގައި އޭޖެންސީން ބަލާ މިންގަނޑަކާ އެހީ ލިބެމުންދާ ފަރާތް ޚިލާފުވުން.
  9. އެހީ ލިބޭ ކުއްޖާއާއި ޢާއިލާގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުވުން.
  10. އެހީ ލިބެމުންދާ ފަރާތަށް ލިބެމުންދާ އާމްދަނީއަށް ބަދަލު އައުން. އެގޮތުން ކުއްޖާ ބަލަމުންދާ ބެލެނިވެރިޔާ ވަޒީފާއެއް އަދާކުރަން ފެށުން ނުވަތަ ވަޒީފާއިން ވަކިވުން.

.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 / 1402 އަށް ގުޅުއްވުން އެދެމެވެ.