ތަޢާރަފް

ނެޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ވުޖޫދަށް އައިސްފައި ވަނީ 27 އޯގަސްޓް 2008 ގައެވެ. މި އޭޖެންސީގެ މައިގަނޑު މަސައްކަތަކީ ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާޢީ ރައްކާތެރި ކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ. އަދި މީގެ އިތުރުން ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ  އިޚްތިޔާރުގެ ދަށުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމެވެ.

އެންސްޕާ އިން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްތަކަކީ:-
1. މެޑިކަލް ވެލްފެއަރ (ބޭސް ފަރުވާގެ އެހީ)
2. ފަޤީރު ހާލުގައި ދިރިއުޅޭ އެކަނިވެރި މައިން/ބަފައިން ބަލަހައްޓާ ކުދިންނަށް ދެވޭ އެހީގެ ޕްރޮގްރާމް
3. ފަޤީރު ހާލުގައި ދިރިއުޅޭ ޤާނޫނީ ގޮތުން ބެލެނިވެރިކަން ހަވާލު ކުރެވިގެން ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ އެހީގެ ޕްރޮގްރާމް
4. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް
5. މަސްވެރިންގެ އާމްދަނީގެ އިންޝުއަރަންސް ސްކީމް (ބެޔަސް ނުބެޔަސް)
6. ހުސްނުވާ އާސަންދަ