ރަޖިސްޓަރީ ކުރެވިފައި ވޭތޯ ބައްލަވާ!
މި މަރުޙަލާގެ ބައިވެރިއެއްނަމަ ރަޖިސްޓަރީ ކުރެވިފައި ވޭތޯ ބެއްލެވުމަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖައްސަވާ!
ސްކީމުގެ ބައިވެރިން
މިސްކީމުގެ އަމާޒަކީ މީލާދީން 2010 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ހަމަޖެހިފައިވާ ވަކި އުޞޫލުތަކެއްގެ މަތީން ބޭސްފަރުވާދޭ ނިޒާމެއްގައި ލުއިފަސޭހަ ގޮތެއްގައި ބައިވެރި ވުމުގެ ފުރުޞަތު ތަނަވަސް ކޮށްދިނުމެވެ. މި ސްކީމް ކުރިއަށް ގެންދިޔުމަށް ކަނޑައަޅާފައި ވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ ފަރާތްތަކަކީ:
- ކައިބޮއި އުޅުމާއި، ދިރިއުޅުމުގެ ޟަރޫރީ ބޭނުންތައް ފުއްދައިގަނެވޭފަދަ ތަނަވަސްކަން ނެތް މީހުންގެ ގޮތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެމްޕްލޯއިމެންޓް އެންޑް ސޯޝަލް ސެކިއުރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް.
- ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އިސް ރަށްވެހީންގެ ގޮތުގައި މިއަހަރު ވަޒީފާއިން ވަކިކުރެއްވި ފަރާތްތައް.
- ސިވިލް ސާރވިސްގެ މުވައްޒަފުންނާއި ސަރުކާރުގެ އެހެނިހެން މުވައްޒަފުން.

