ސިވިލް ސަރވިސް އީޖާދީ އިނާމު ގެ “ގޯލްޑް އެވޯޑް 2018” އެންސްޕާ އިން ހާޞިލްކުރުން

August 5, 2018

 

2018 ވަނަ އަހަރު ސިވިލް ސަރވިސް ކޮމިޝަނުން ހުޅުވާލި “ސިވިލް ސަރވިސް އީޖާދީ އިނާމު” ގައި މި އެޖެންސީ އިން ބައިވެރިވެ މި އިނާމުގެ 3 ގިންތީގެ ތެރެއިން އެންމެ މަތީ ގިންތިކަމަށްވާ “ގޯލްޑް އެވޯޑް” ވަނީ ހާޞިލްކޮށްފައެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ގޮތުން ހުށަހަޅައިފައިވަނީ މި އެޖެންސީ އިން ބޭނުންކުރަމުންދާ “އީ-އެންސްޕާ” ސިސްޓަމެވެ. މިގޮތުން “އީ-އެންސްޕާ” އަށް ގޯލްޑް އެވޯޑު ލިބިފައިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮފީހުގެ މަސައްކަތްތައް ހަލުވިކުރުމުގެ ދާއިރާއިންނެވެ. މި ސިސްޓަމަކީ މި އެޖެންސީގެ މަސައްކަތްތަކުގެ ހިންގުން ޒަމާނީ އައު ގޮތްތަކާއިއެކު ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ހަލުވިކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދީފައިވާ ސިސްޓަމެކެވެ.