ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް

ތަޢާރަފް

މި ޕްރޮގްރާމަކީ ޤާނޫނު ނަންބަރު 2014/2 (އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން އެކަނިވެރި މައިން ނުވަތަ ބަފައިން ބަލަހައްޓާ ކުދިން ބިކަވިޔަނުދީ މުޖްތަމަޢުގެ އެހެން ކުދިންނާ އެއްހަމައެއްގައި ދިރިއުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ މާލީ އެހީގެ ޕްރޮގްރާމެކެވެ.

އެހީގެ މިންވަރު

މި ޕްރޮގަރާމްގެ ދަށުން ޝަރުޠުހަމަވާ ކޮންމެ ކުއްޖަކަށް މީލާދީ މަހެއްގެ ތެރޭގައި ލިބިދެވޭނީ 1000 ރުފިޔާއެވެ. އަދި އެކަނިވެރި މައިން ނުވަތަ ބަފައިންނަށް މީލާދީ މަހެއްގެ ތެރޭގައި މާލީ އެހީގެ ގޮތުގައި ލިބިދެވޭނީ ގިނަވެގެން 10,000 ރުފިޔާއެވެ.

އެހީއަށް އެދޭނެ ގޮތް

 • ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީއެހީއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަކުރުމަށްފަހު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަށް ހުށަހެޅުން
 • އެހީއަށް އެދޭ ފޯމު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރުންނާއި، އަތޮޅު ނުވަތަ ރަށު ކައުންސިލް އިދާރާތަކާއި، އެޖެންސީގެ ވެބްސައިޓުން ލިބެން ހުންނާނެ.
 • ފޯމު ހުށަހެޅުން:
  • ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރ (މއ. ދޮންވެލި) / ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 2:00 އަށް
  • IGM ހޮސްޕިޓަލުގައި ގާއިމް ކުރެވިފައިވާ އެޖެންސީ ކައުންޓަރު / ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ރޭގަނޑު 9:00 އަށް
  • އަތޮޅު ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް GEMS ނުވަތަ ޕޯސްޓް ގެ ޒަރީއާއިން
  • އެޖެންސީގެ އީމެއިލް info@nspa.gov.mv ނުވަތަ ވައިބަރ 7291402 މެދުވެރިކޮށް

ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހިމަވާނަމަ، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 15 ދުވަހުގެ ތެރޭގައި މާލީ އެހީ ލިބޭކަން ނުވަތަ ނޫންކަން އެސް.އެމް.އެސް ގެ ޒަރީޢާއިން އެފަރާތަކަށް އަންގާނެއެވެ.

 1. އެހީއަށް އެދޭ ފަރާތާ އެކު ދިރިއުޅޭ ދަރިން އަދި ޚަރަދުކޮށް ބަލަހައްޓާ ކުދިންނާއި މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ.
 2. އުމުރުން 10 އަހަރުވެފައިވާ ޝަރުޢީ ބައްޕައެއް ނެތް ކުއްޖަކަށް ދައުލަތުގެ އެހީއަށް އެދޭނަމަ އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ.
 3. އެހީއަށް އެދޭ ފަރާތް ދިރިއުޅޭ ގޭބިސީގެ އެންމެ ފަހުގެ ކަރަންޓް ބިލުގެ ކޮޕީ.
 4. އުމުރުން 6 އަހަރުން ދަށުގެ ކުއްޖެއްނަމަ ވެކްސިން ދެވުނުކަން އަންގައިދޭ ލިޔުމުގެ ކޮޕީ.
 5. އެހީއަށްއެދޭ ފަރާތުގެ ބޭންކް އެކައުންޓު ނަމާއި ނަންބަރު ސާފުވާނޭ ފަދަ ގޮތަކަށް ފާއިތުވި 3 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް
 6. އެހީއަށް އެދޭ ފަރާތް ވަރިވެފައިވާނަމަ އެންމެ ފަހުގެ ވަރީގެ ސެޓުފިކެޓުގެ ހުރިހާ ގަނޑެއްގެ ކޮޕީ.
 7. އެހީއަށް އެދޭ ފަރާތަކީ ފިރިހެނެއްނަމަ ކައިވެންޏެއް ކޮށްގެން ނޫޅޭކަމުގައި ބަޔާންކޮށް ކޯޓުން ދޫކޮށްފައިވާ ލިޔުން.
 8. އެހީއަށް އެދޭ ފަރާތުގެ ފިރިމީހާ ނުވަތަ އަނބިމީހާ މަރުވެފައިވާނަމަ:
  • މަރު ފޯމުގެ ކޮޕީ.
  • ކައިވެނީގެ ސެޓުފިކެޓުގެ ހުރިހާ ގަނޑެއްގެ ކޮޕީ.
 9. އެހީއަށް އެދޭ ފަރާތުގެ ފިރިމީހާ ނުވަތަ އަނބިމީހާ ޖަލު ޙުކުމެއް ތަންފީޒުކުރަމުން ދާނަމަ:
  • މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދޫކޮށްފައިވާ ޖަލު ޙުކުމުގެ މުއްދަތު އެނގޭނެ ފަދަ ލިޔުން
  • ކައިވެނީގެ ސެޓުފިކެޓުގެ ހުރިހާ ގަނޑެއްގެ ކޮޕީ.
 10. އެހީއަށް އެދޭ ފަރާތުން ކުއްޔަށް އުޅޭނަމަ ކުލީގެ މިންވަރު އެނގޭނޭފަދަ އެގްރިމަންޓެއްގެ ކޮޕީ.
 11. އެހީއަށް އެދި ހުށަހަޅާ ފަރާތް އާމްދަނީ ހޯދުމަށް މަސައްކަތް ކުރާނަމަ ލިބޭ މުސާރަ އާއި އިނާޔަތްތައް އެނގޭނެފަދަ ރަސްމީ ލިޔުން.
 12. އެހީއަށް އެދޭ ފަރާތުން ލޯނެއް ނަގާފައިވާނަމަ، އެކަން ބަޔާންކޮށް މުއައްސަސާއަކުން ދީފައިވާ ނުވަތަ ކޯޓުގައި ރަޖިސްޓަރީކޮށްފައިވާ ލިޔުން.

 • ފިރިއެއް ނުވަތަ އަތްނބަކާ ނުލައި، ނުވަތަ ފިރިއެއްގެ ނުވަތަ އަތްނބެއްގެ އެހީތެރިކަމާނުލައި، 18 އަހަރު ނުފުރޭ ކުއްޖަކު ބަލަމުންދާ މައެއް ނުވަތަ ބަފައެއް ކަމުގައިވުން.
 • ފަޤީރުކަމުގެ ހާލަތު ދެނެގަތުމާބެހޭ ގޮތުން އެޖެންސީއިން ކަނޑައަޅާފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދުން މީލާދީ މަހެއްގެ މައްޗަށް އާމްދަނީ ލިބޭ، ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައިވުން.
 • އެހީއަށް އެދޭ ފަރާތަކީ މީހަކާ އިނދެގެން އުޅޭ މީހެއްކަމުގައި ވެގެން ނުވުން.
 • އެހީއަށް އެދޭ ފަރާތުން ބަލަހައްޓާ ކުއްޖާ ނުވަތަ ކުދިން ދިރިއުޅެނީ އެހީއަށް އެދޭ ފަރާތާއި އެކުގައި ކަމުގައި ވުން.
 • އެހީއަށް އެދޭ ފަރާތަކީ ކައިވެނި ރޫޅިފައިވާ މީހެއްނަމަ، އޭނާ ވަރި ސާބިތުވުމަށްފަހު 3 (ތިނެއް) މަސްދުވަސް ހަމަވެފައިވާ މީހެއް ކަމުގައިވުން. (މީގެ ތެރޭގައި ހުވަފަތް ވެފައިވާ މީހުން ނުހިމެނޭނެ.)
 • ދިވެހިރާއްޖެއިން ބޭރުގައި ދާއިމީ ގޮތެއްގައި ދިރިއުޅެމުންދާ ފަރާތެއް ކަމުގައި ނުވުން.

 • އެހީ ލިބޭ ކުއްޖާ ނުވަތަ ކުދިންނަކީ ދިވެހި ރައްޔިތުންކަމުގައިވުން.
 • ރަސްމީ ތަޢުލީމު ހާސިލުކުރާ އުމުރުގެ ކުއްޖެއްނަމަ ސްކޫލަކަށް ކިޔަވަން ހާޒިރުވާ ކުއްޖެއް ކަމުގައި ވުން.
 • ވެކްސިން ދޭ އުމުރުގެ ކުއްޖެއްނަމަ ވެކްސިން ދީފައިވާ ކުއްޖެއް ކަމުގައި ވުން.

 • އެހީއަށް އެދޭ ފަރާތުގެ ފިރިމީހާ ނުވަތަ އަނބިމީހާ 6 މަސްދުވަހަށް ވުރެ ދިގު މުއްދަތުގެ ޙުކުމެއް ތަންފީޛުކުރުމަށް ބަންދުގައިވާ ނަމަ، އަދި ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެން ޝަރުޠުތައް ފުރިހަމަވުން.
 • ތަޢުލީމު ހާސިލުކުރުމަށް މަންމައާ ނުވަތަ ބައްޕައާ ދުރުގައި ކުއްޖާ ނުވަތަ ކުދިން އެހެން ރަށެއްގައި ހުންނަންޖެހުން.
 • ކުއްޖާ ނުވަތަ ކުދިންގެ ބަލި ހާލަތު ހުރިގޮތުން މަންމައާ ނުވަތަ ބައްޕައާ ދުރުގައި އެހެން ރަށެއްގައި ހުންނަންޖެހުން.
 • ކުއްޖާ ނުވަތަ ކުދިން ބަލަހައްޓާ މަންމަގެ ނުވަތަ ބައްޕަގެ ބަލި ހާލަތު ހުރި ގޮތުން ކުއްޖާއާ ނުވަތަ ކުދިންނާއި ދުރުގައި ހުންނަން ޖެހުން.
 • އާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތް ކުރުމަށް ކުއްޖާއާ ނުވަތަ ކުދިންނާއި ދުރުގައި މަންމަ ނުވަތަ ބައްޕަ ހުންނަން ޖެހުން.

ފޯމުގައި ހިމެނޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ އެ މަޢުލޫމާތު ފުރިހަމަކުރުމަށް އަންގައި 1 މަސްދުވަހުގެ މުއްދަތެއްދެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. ނަމަވެސް ފޯމު އަލުން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

އެޖެންސީއަށް ފޯމުހުށަހެޅުމުން ފޯމު އެޖެންސީގައި ރަޖިސްޓްރީކުރެވޭ ވަގުތު ފޯމުގެ އެންޓްރީ ނަންބަރާއެކު ފޯމު ލިބުނުކަން ފޯމު ހުށަހަޅާ ފަރާތުގެ މޮބައިލް ފޯން ނަންބަރަށް އެސް.އެމް.އެސް ގެ ޒަރީޢާއިން އެންގޭނެއެވެ.

އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެހީ ޙައްޤުވާ ފަރާތްތަކަށް އެހީ ޙައްޤުވާކަމަށް އެޖެންސީއިން ކަނޑައަޅާ މަހުން ފެށިގެން މާލީ އެހީ ލިބޭނެއެވެ. މިގޮތުން އެހީ ލިބޭ ފަރާތަށް އެހީ ލިބޭނެކަން އަންގާ މަހާ ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެޖެންސީއިން އެހީދޭ މީހާގެ ބޭންކު އެކައުންޓަށް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ބޭންކު އެކައުންޓަށް ޖަމާކުރެވޭނެއެވެ.

 • އެހީއަށް އެދި ހުށަހަޅާ ފަރާތަށް ލިބެމުންދާ އާމްދަނީއަށް ބަދަލުއައުން.
 • ދަރިފުޅު ބަލަމުންދާ މަންމަ / ބައްޕަ މީހަކާ ކައިވެނިކުރުން.
 • އެހީ ލިބޭ ކުއްޖާ ވަޒީފާ އަދާކުރުން ނުވަތަ ކައިވެނިކުރުން.
 • އެހީ ލިބޭ ދަރިފުޅުގެ އުމުރުން 18 އަހަރު ފުރުން.
 • އެހީ ލިބޭ ދަރިފުޅު ބަލަމުންދާ މަންމަ / ބައްޕަ ފިޔަވައި އެހެން މީހެއްގެ ބެލުމުގެ ދަށަށް ދަރިފުޅު ދިއުން.
 • އެހީ ލިބެމުންދަނީ ސްކޫލަށްދާ އުމުރުގެ ކުދިންނަމަ މަޤުބޫލު އުޒުރެއްނެތި ގަވައިދުން ސުކޫލަށް ނުދިޔުން.
 • އެހީ ލިބޭ މަންމަ / ބައްޕަ، ނުވަތަ ކުއްޖާ ނިޔާވުން
 • ދައުލަތުގެ ބެލުމުގެ ދަށަށް ދަރިފުޅު ބަދަލުކުރުން.
 • ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ ބައްޕަ ނުވަތަ މަންމަ ޖަލުން ދޫކޮށްލުން
 • އެހީ ލިބޭ ދަރިފުޅާއެކު ޢާއިލާގެ ދިރިއުޅުން އެހެންރަށަކަށް ބަދަލުވުން.
 • ދަރިން ބެލުމުގެ ޚަރަދު ނުވަތަ ދަރިފުޅަށް ބޭނުންވާ ކަންކަން ހަމަޖައްސައި ދިނުމުގައި ބަދަލެއް އައުން.
 • އެހީ ކުރިއަށް ގެންދިއުމުގައި އެޖެންސީން ބަލާ މިންގަނޑަކާ އެހީ ލިބެމުންދާ ފަރާތް ޚިލާފުވުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.