ބެޔަސް ނުބެޔަސް

ތަޢާރަފް
މި އިންޝުއަރެންސް ސްކީމަކީ އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަންކުރުމުގައި ޙަރަކާތްތެރިވާ މަސްވެރިންނަށް މަސްވެރިކަމުގެ ނުމޫސުމުގައި މަސްވެރިކަން ދަށްވުމުގެ ސަބަބުން ނުވަތަ މޫސުން ގޯސްވެ މަހަށް ފުރުމުގެ ފުރުޞަތު ނުލިމުބުގެ ސަބަބުން، މަސް ދުވަހުގެ އާމްދަނީގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަށް އާމްދަނީ ނުލިބޭ މަސްމަހު އާމްދަނީގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މަސްވެރިންނަށް އަމާޒުކުރެވިގެން ތަޢާރަފްކުރެވިފައިވާ އާމްދަނީގެ އިންޝުއަރަންސް ސްކީމެކެވެ.

ބެޔަސް ނުބެޔަސް ސްކީމަށް ޝަރުތު ހަމަވާ ފަރާތްތައް
1. ދިވެހި ރައްޔިތެއްކަމުގައިވުން
2. ލިބޭ ޢާމްދަނީގެ ބޮޑުބަޔަކީ މަސްވެރިންކަމުން ލިބޭ ޢާމްދަނީއެއްކަމުގައިވުން
3. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ދޫކުރައްވާ ސައްޙަ ލައިސެންސެއް އޮތް އުޅަނދަކަށްވުން
4. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޤަވާއިދާ އެއްގޮތުގެ މަތިން އުޅަނދު ލޮކޭޓިންގް ޑިވައިސް ހަރުކޮށްފައިވާ އުޅަދެއްކަމުގައިވުން

އެހީއަށް އެދޭނެ ގޮތް
ޝަރުތުހަމަވާ ފަރާތްތަކުން މި ޕްރޮގްރާމަށް ޚާއްސަ ފޯމު ފުރާ، އެ ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުން.

 arrow-download-icon
މަސްވެރިންގެ އާމްދަނީ އިންޝުއަރަންސް ސްކީމްގައި ބައިވެރިވުމަށް އެދޭ ފޯމު

* ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އިން ދެއްވާނީ ހަމައެކަނި ސްކީމްގެ ފައިސާގެ އެހީއެވެ. ފޯރމް ބަލައިގަތުމާއި އެޕްރޫވް ކުރެއްވުމުގެ މަސައްކަތް ކުރިއަށްދާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިންކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.