ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް

ތަޢާރަފް
ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީއަކީ މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް 2010 ވަނަ އަހަރުން ފެށިގެން ދެމުންގެންދާ އެހީއެކެވެ. މި އެހީގެ މަޤްޞަދަކީ އެކަނިވެރި މައިން / ބަފައިން ބަލަހައްޓާ އުމުރުން 18 އަހަރުން ދަށުގެ ކުދިން ބެލުމަށް އެހީތެރިކަމެއް ދިނުމެވެ. މިގޮތުން މި އެހީއަކީ ސަރުކާރުން ފޯރުވައިދޭ މާލީއެހީއެކެވެ.

އެހީއަށް އެދޭނެ ގޮތް
ޝަރުތުހަމަވާ ފަރާތްތަކުން މި ޕްރޮގްރާމަށް ޚާއްސަ ފޯމު ފުރާ، އެ ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުން.

ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި
1. އެހީއަށް އެދޭ ފަރާތުގެ ގޭބިސީގައި ދިރިއުޅޭ ހުރިހާ ފަރާތެއްގެ އައި.ޑީކާޑު ކޮޕީ. (އެހީއަށް އެދޭ ފަރާތުގެ އަދި އެހީއަށް އެދޭ ފަރާތުން ޚަރަދުކޮށް ބަލަހައްޓާ ހުރިހާ ފަރާތްތަކުގެ އައި.ޑީކާޑު ކޮޕީ)
2. އުމުރުން 10 އަހަރުވެފައިވާ ޝަރުޢީ ބައްޕައެއް ނެތް ކުއްޖަކަށް ދައުލަތުގެ އެހީއަށް އެދޭނަމަ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީ
3. އެހީއަށް އެދޭ ފަރާތް ދިރިއުޅޭ ގޭބިސީގެ ކަރަންޓު ބިލްގެ ކޮޕީ (އެންމެ ފަހުގެ 2 މަސް)
4. ރަސްމީ ތައުލީމު ހާސިލްކުރާ އުމުރުގެ ކުދިންގެ އެންމެ ފަހު ސެމިސްޓަރގެ ސްކޫލް ހާޒިރީ ރިޕޯޓްގެ ކޮޕީ
5. ރަސްމީ ތައުލީމު ހާސިލްކުރާ އުމުރުގެ ކުދިންނަމަ ސްކޫލްގައި އުޅޭ ކުއްޖެއް ކަން އަންގައިދޭ ލިޔުމެއް
6. އުމުރުން 6 އަހަރުން ދަށުގެ ކުއްޖެއްނަމަ ވެކްސިން ދެވުނުކަން އަންގައިދޭ ލިޔުމުގެ ކޮޕީ
7. އެހީއަށްއެދޭ ފަރާތުގެ ބޭންކް އެކައުންޓް ނަމާއި ނަމްބަރު ސާފުވާނޭފަދަ ގޮތަކަށް އެންމެ ފަހު 3 މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް
8. އެހީއަށް އެދޭ ފަރާތް ވަރިވެފައިވާނަމަ އެންމެ ފަހުގެ ވަރީގެ ސެޓްފިކެޓްގެ ކޮޕީ
9. އެހީއަށް އެދޭ ފަރާތަކީ ފިރިހެނެއްނަމަ އެއްވެސް މީހަކާ ކައިވެނިކޮށްގެން ނޫޅޭކަމުގައި ބަޔާންކޮށް ކޯޓުން ދޫކޮށްފައިވާ ލިޔުން
10. އެހީއަށް އެދޭ ފަރާތުގެ ފިރިމީހާ ނުވަތަ އަނބިމީހާ މަރުވެފައިވާނަމަ މަރު ފޯމުގެ ކޮޕީ
11. އެހީއަށް އެދޭ ފަރާތުގެ އަނބި ނުވަތަ ފިރި މަރުވެފައިވާނަމަ އެންމެ ފަހުން ކުރި ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީ
12. އެހީއަށް އެދޭ ފަރާތުގެ ފިރިމީހާ ނުވަތަ އަނބިމީހާ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދާނަމަ ޖަލު ހުކުމުގެ މުއްދަތު އެނގޭނެފަދަ ޑީޕީއާރްއެސްގެ ލިޔުމެއް
13. އެހީއަށް އެދޭ ފަރާތުން ކުއްޔަށް އުޅޭނަމަ ކުލީގެ މިންވަރު އެނގޭނެފަދަ އެގްރިމަންޓެއްގެ ކޮޕީ

arrow-download-icon
ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު

arrow-download-icon

ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދޭ ފަރާތުގެ ހާލަތު ބަދަލުވިކަން އަންގާ ފޯމު

* ޙާލަތު ބަދަލުވެއްޖެކަމަށް ބަލާ މިންގަނޑުތައް
1. އެހީ ލިބެމުންދާ ފަރާތަށް ލިބެމުންދާ އާމްދަނީ އިތުރުވުން ނުވަތަ ދަރިފުޅު ބަލާ މަންމަ/ބައްޕަ ވަޒީފާއެއް އަދާކުރަންފެށުން.
2. ދަރިފުޅު ބަލަމުންދާ މަންމަ / ބައްޕަ މީހަކާ ކައިވެނި ކުރުން.
3. އެހީ ލިބޭ ކުއްޖާ ވަޒީފާ އަދާކުރުން ނުވަތަ ކައިވެނި ކުރުން.
4. އެހީ ލިބޭ ދަރިފުޅުގެ އުމުރުން 18 އަހަރު ފުރުން.
5. އެހީ ލިބޭ ދަރިފުޅު ބަލަމުންދާ މަންމަ / ބައްޕަ / ކުއްޖާ ނިޔާވުން.
6. އެހީ ލިބެމުންދަނީ ސްކޫލަށްދާ އުމުރުގެ ކުދިންނަށް ނަމަ މަޤުބޫލު ޢުޒުރެއްނެތި ސްކޫލް ހާޟިރީ %80 އަށްވުރެ ދަށްވުން.
7. އެހީ ލިބޭ ދަރިފުޅު ބަލަމުންދާ މަންމަ/ބައްޕަ ފިޔަވައި އެހެން މީހެއްގެ ބެލުމުގެ ދަށަށް ދަރިފުޅު ދިއުން.
8. އެކަނިވެރި މައިން/ބަފައިން ބަލަހައްޓާ ދަރީންނަށް ލިބޭ އެހީ ފިޔަވައި އެނޫން އެހީއެއް ދައުލަތުގެ ފަރާތުން އެދަރިފުޅަށް ލިބޭގޮތަށް ހަމަޖެއްސުން.
9. ދައުލަތުގެ ބެލުމުގެ ދަށަށް ދަރިފުޅު ބަދަލުކުރުން.
10. ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ ބައްޕަ ނުވަތަ މަންމަ ޖަލުން ދޫކޮށްލުން.
11. ދަރިން ބެލުމުގެ ޚަރަދު ނުވަތަ ދަރިފުޅަށް ބޭނުންވާ ހުރިހާ ޚަރަދެއް މަންމަ/ބައްޕަ ނުވަތަ ބެލެނިވެރިންގެ ފަރާތުން ލިބުން.
12. އެހީ ލިބޭ ދަރިފުޅާއެކު ޢާއިލާގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުވުން.
13. އެހީ ލިބެމުންދާ ފަރާތް ވަރިކުރިމީހާއާއި އެއްގޭބިސީއެއްގައި ދިރިއުޅުން.
14. އެހީ ކުރިއަށް ގެންދިއުމުގައި އެޖެންސީއިން ބަލާ މިންގަނޑާއި އެހީ ލިބެމުންދާ ފަރާތް ޚިލާފުވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.