ފަަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ

ތަޢާރަފް

ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމަކީ ޤާނޫނު ނަންބަރު 2014/2 (އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން ފަޤީރު ހާލަތުގެ ސަބަބުން ކާބޯތަކެތި ގަތުމަށް ދަތިވާ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. މިގޮތުން މިއެހީ ފޯރުކޮށްދެވެނީ ކާބޯތަކެތީގެ ތެރެއިން ހަނޑޫ، ހަކުރު އަދި ފުށް ގަތުމަށެވެ.

އެހީގެ މިންވަރު

މި ޕްރޮގްރާމްގެ ދަށުން މާލީ އެހީގެ ގޮތުގައި ދެވޭނީ، ކޮންމެ މީހަކަށް މީލާދީ ކޮންމެ މަހަކު -/40 (ސާޅީސް) ރުފިޔާ އެވެ. އަދި ގޭބިސީއަކަށް މީލާދީ ކޮންމެ މަހަކު ގިނަވެގެން -/240 (ދުއިސައްތަ ސާޅީސް) ރުފިޔާއެވެ.

އެހީއަށް އެދޭނެ ގޮތް

 • ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދެވޭ މާލީއެހީއަށް އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަކުރުމަށްފަހު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަށް ހުށަހެޅުން
 • އެހީއަށް އެދޭ ފޯމު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރުންނާއި، އަތޮޅު ނުވަތަ ރަށު ކައުންސިލް އިދާރާތަކާއި، އެޖެންސީގެ ވެބްސައިޓުން ލިބެން ހުންނާނެ.
 • ފޯމު ހުށަހެޅުން:
  • ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރ (މއ. ދޮންވެލި) / ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 2:00 އަށް
  • IGM ހޮސްޕިޓަލުގައި ގާއިމް ކުރެވިފައިވާ އެޖެންސީ ކައުންޓަރު / ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ރޭގަނޑު 9:00 އަށް
  • އަތޮޅު ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް GEMS ނުވަތަ ޕޯސްޓް ގެ ޒަރީއާއިން
  • އެޖެންސީގެ އީމެއިލް info@nspa.gov.mv ނުވަތަ ވައިބަރ 7291402 މެދުވެރިކޮށް

ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހިމަވާނަމަ، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 15 ދުވަހުގެ ތެރޭގައި މާލީ އެހީ ލިބޭކަން ނުވަތަ ނޫންކަން އެސް.އެމް.އެސް ގެ ޒަރީޢާއިން އެފަރާތަކަށް އަންގާނެއެވެ.

 1. އެހީއަށް އެދޭ ފަރާތުގެ ގޭބިސީގައި ދިރިއުޅޭ ހުރިހާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ގޭބިސީއަކީ އެއްކޮށް ކައްކައި، ކައިބޮއި، ނިދައި ހަދާ މީހުންނެވެ).
 2. އެހީއަށް އެދޭ ފަރާތް ދިރިއުޅޭ ގޭބިސީގެ ކަރަންޓް ބިލުގެ ކޮޕީ (އެންމެ ފަހުގެ 2 މަސްދުވަސް)
 3. ރަސްމީ ތަޢުލީމު ހާސިލުކުރާ އުމުރުގެ ކުދިންގެ އެންމެ ފަހު ސެމިސްޓަރގެ ސްކޫލުގެ ހާޒިރީ ރިޕޯޓުގެ ކޮޕީ
 4. ރަސްމީ ތަޢުލީމު ހާސިލުކުރާ އުމުރުގެ ކުދިންނަމަ ސްކޫލުގައި އުޅޭ ކުއްޖެއްކަން އަންގައިދޭ 3 މަސްދުވަސް ހަމަނުވާ ލިޔުމެއް
 5. އުމުރުން 6 އަހަރުން ދަށުގެ ކުއްޖެއްނަމަ ވެކްސިން ދެވުނުކަން އަންގައިދޭ ލިޔުމުގެ ހުރިހާ ގަނޑެއްގެ ކޮޕީ
 6. އެހީއަށްއެދޭ ފަރާތުގެ ބޭންކް އެކައުންޓު ނަމާއި ނަންބަރު ސާފުވާނޭ ފަދަ ގޮތަކަށް ފާއިތުވި 3 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް
 7. އެހީއަށް އެދޭ ފަރާތުން ކުއްޔަށް އުޅޭނަމަ ކުލީގެ މިންވަރު އެނގޭނޭފަދަ އެގްރިމަންޓެއްގެ ކޮޕީ
 8. ގޭބިސީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ވަޒީފާ އަދާކުރާކަމުގެ ލިޔުން.

 • އެހީއަށް އެދޭ ފަރާތަކީ ދިވެހިރައްޔިތެއް ކަމުގައިވުން.
 • އެހީއަށް އެދޭ ފަރާތަކީ، ފަޤީރުކަމުގެ ހާލަތުގެ ދެނެގަތުމާބެހޭ ގޮތުން މިއެޖެންސީއިން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދުން، މީލާދީ މަހެއްގެ މައްޗައް އާމްދަނީ ލިބޭ، ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައިވުން.

ފޯމުގައި ހިމެނޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ އެ މަޢުލޫމާތު ފުރިހަމަކުރުމަށް އަންގައި 1 މަސްދުވަހުގެ މުއްދަތެއްދެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. ނަމަވެސް ފޯމު އަލުން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

އެޖެންސީއަށް ފޯމުހުށަހެޅުމުން ފޯމު އެޖެންސީގައި ރަޖިސްޓްރީކުރެވޭ ވަގުތު ފޯމުގެ އެންޓްރީ ނަންބަރާއެކު ފޯމު ލިބުނުކަން ފޯމު ހުށަހަޅާ ފަރާތުގެ މޮބައިލް ފޯން ނަންބަރަށް އެސް.އެމް.އެސް ގެ ޒަރީޢާއިން އެންގޭނެއެވެ.

އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެހީ ޙައްޤުވާ ފަރާތްތަކަށް އެހީ ޙައްޤުވާކަމަށް އެޖެންސީއިން ކަނޑައަޅާ މަހުން ފެށިގެން މާލީ އެހީ ލިބޭނެއެވެ. މިގޮތުން އެހީ ލިބޭ ފަރާތަށް އެހީ ލިބޭނެކަން އަންގާ މަހާ ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެޖެންސީއިން އެހީދޭ މީހާގެ ބޭންކު އެކައުންޓަށް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ބޭންކު އެކައުންޓަށް ޖަމާކުރެވޭނެއެވެ.

 • ގޭބިސީގައި ދިރިއުޅޭ ފަރާތްތަކުގެ އަދަދަށް ބަދަލެއް އައުން
 • އެހީ ކުރިއަށް ގެންދިއުމުގައި އެޖެންސީއިން ބަލާ މިންގަނޑަކާ އެހީ ލިބެމުންދާ ފަރާތް ޚިލާފުވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.