ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ މޮނިޓަރިންގ ޓީމް ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ޒިޔާރަތްކުރައްވައިފި

January 19, 2016

image-1dc9bbd8a6d5221244f6fa690420e692567565031eea4bee51867f09bda6fee3-V-600x400

15 ޑިސެމްބަރ 2015 އިން ފެށިގެން ތިލަދުންމަތީ އުތުރުބުރީގެ ރަށްރަށަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ވަނީ ޒިޔާރަތްކުރައްވާފައެވެ. އެ ގޮތުން މިޓީމުން ވަނީ ހއ.ހޯރަފުށި، ހއ.އިހަވަންދޫ،ހއ.ކެލާ،ހއ.ދިއްދޫ އަދި ހއ.ބާރަށަށް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުގެ މައިގަނޑު މަޤްސަދަކީ މި އެޖެންސީން ކުރިއަށް ގެންދާ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެކަނިވެރި މައިން/ބަފައިން ބަލަހައްޓާ ކުދިން، ޤާނޫނީ ގޮތުން ބެލެނިވެރިކަން ޙަވާލުވެގެން ބަލަހައްޓާ ކުދިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެހީ ލިބޭ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ދެނެގަނެ އެފަދަ ފަރާތްތައް މޮނިޓަރ ކުރުމެވެ. މި ދަތުރު ނިންމާލާފައި ވަނީ 20 ޑިސެމްބަރ 2015 ގައެވެ.