ސްޓެޓިސްޓިކަލް ޕެކޭޖް ފޮރ ސޯޝަލް ސައިންސަސް (އެސް.ޕީ.އެސް.އެސް) ބޭސިކް އަދި އެޑްވާންސް ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ހަފްލާ

January 19, 2016

SPSS Closing Ceremony 2.1

ނެޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ވަނީ 2015 އޮކްޓޯބަރ އިން 2015 ނޮވެމްބަރ ގެ ނިޔަލަށް ސްޓެޓިސްކަލް ޕެކޭޖް ފޯރ ސޯޝަލް ސައިންސަސް (އެސް.ޕީ.އެސް.އެސް) ގެ ބޭސިކް އަދި އެޑްވާންސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގާފައެވެ. މި ޕްރޮގްރާމް ހިންގީ ޔުނިސެފްގެ އެހީތެރިކަމާއިއެކުގައެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ މި އެޖެންސީއާއި އާސަންދަ ކުންފުނީގެ މުވައްޒަފުން އެސް.ޕީ.އެސް.އެސް އަށް އަހުލުވެރިކުރުވުމާއި އަދި ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު މި ޕްރޮގްރާމް ބޭނުންކޮށްގެން ހޯދޭނެގޮތްތައް މިދެމުއައްސަސާގެ މުވައްޒުފުންނަށް ދަސްކޮށްދިނުމެވެ.

މި ތަމްރީން ޕްރޮގްރާމްގައި 29 މުވައްޒަފުން އެސް.ޕީ.އެސް.އެސް ބޭސިކް ޕްކޭޖް ފުރިހަމަކޮށްފައިވާ 11 މުވައްޒަފުން އެސް.ޕީ.އެސް.އެސް އެޑްވާންސްއިން ތަމްރީނު ކުރެވިފައެވެ.

މި ޕްރަގްރާމް ނިންމުމުގެ ހަފްލާ ބޭއްވިފައިވަނީ 13 ޑިސެމްބަރ 2015 ވީ އާދިއްތަ ދުވަހު ސްޓެލްކޯގެ ޖަލްސާކުރާ މާލަމްގައެވެ.