ދިވެހިރާއްޖޭގެ އަޑުގެ 6 ވަނަ ރޭޑިއޯ ޑްރާމާ މުބާރާތުން 3 ވަނަ އެންސްޕާއިން ހާސިލްކުރުން

August 4, 2018

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އިން މިއަހަރު ވަނީ ދިވެހިރާއްޖޭގެ އަޑުގެ 6 ވަނަ ރޭޑިއޯ ޑްރާމާ މުބާރާތް “ކުލަވަރު” ގައި ބައިވެރިވެފައެވެ. އެކިއެކި މުޢައްސަސާތަކުން މި މުބާރާތުގައި ޖުމްލަ 24 ޑްރާމާ ބައިވެރިކޮށްފައިވާއިރު މުޅި މުބާރާތުގެ 3 ވަނަ ޑްރާމާއަކަށް ހޮވިފައިވަނީ މި އެޖެންސީ އިން އުފައްދާފައިވާ ޑްރާމާ “ހިންތާ” އެވެ. މީގެ އިތުރުން، މުބާރަތުގެ އެކިއެކި ވަނަތަކަށް ހޮވުނު ގަދަ 5ގެ ތެރޭގައި މިއެޖެންސީގެ ޑްރާމާ އަދި ބައިވެރިން ވަނީ ނޮމިނޭޓްވެފައެވެ. މިގޮތުން ގަދަ 5 ގައި ހިމެނުނު ބައިތަކަކީ، އެންމެ މޮޅު އަންހެން ވޮއިސް އާޓިސްޓް، އެންމެ މޮޅު އަންހެން ސަޕޯޓިންގ ވޮއިސް އާޓިސްޓް، އެންމެ މޮޅު ފިރިހެން ސަޕޯޓިންގ ވޮއިސް އާޓިސްޓް، އެންމެ މޮޅު ސްކްރިޕް އަދި އެންމެ މޮޅު ޑްރާމާއެވެ. މިއީ މިއެޖެންސީއިން މިމުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރުކަމުގައިވެސް ފާހަގަ ކުރަމެވެ.