ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެހީގެ ޕްރޮގްރާމް

ތަޢާރަފް
މި އެހީއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (8/2010) ގެ 14 ވަނަ މާއްދާގެ (ށ) އާއި 33 ވަނަ މާއްދާގެ ޤަވާއިދުގެ ދަށުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން ދެމުންގެންދާ އެހީއެކެވެ. މި އެހީގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަސާސީ ޙައްޤުތައް ހިމާޔަތްކޮށްދީ، އެފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން ހަމަހަމަ ފުރުސަތުތަކެއް ލިއްބައިދީ މިނިވަންކަމާއެކު ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް
1. އެސިސްޓިވް ޑިވައިސް ބޭނުންވާ ފަރާތްތަކަށް އެފަދަ ތަކެތި ހޯދައިދިނުމަށް އެހީދިނުން. (މީގެތެރޭގައި ވީލްޗެއަރ ، ވޯކަރ ، ކްރަޗަރސް ،ބޫޓް/ފައިވާން އަދި ހިއަރިން އެއިޑް)
2. ސައިކޮލޮޖިކަލް އެސެސްމެންޓް ހަދައި ދިނުމުގައި އެހީތެރިވެދިނުން.

އެހީއަށް އެދޭނެ ގޮތް
ޝަރުތުހަމަވާ ފަރާތްތަކުން މި ޕްރޮގްރާމަށް ޚާއްސަ ފޯމު ފުރާ، އެ ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުން.

ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
1. ނުކުޅެދުންތެރިކަމާ ބެހޭގޮތުން ލިބިފައިވާ ޑޮކްޓަރީ ލިޔުން ނުވަތަ ނުކުޅެދުންތެރިކަމާ ބެހޭ ދާއިރާގެ ޚިދްމަތްތެރިއެއްގެ ލިޔުމެއް (އެސެސްމަންޓް)
2. ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3. ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިޔާ / ބަލަދުވެރިޔާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
4. ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބޭންކް އެކައުންޓް ތަފްސީލް އެނގޭނެފަދަ ލިޔުމެއް. (ނުކުޅެދުންތެރިކަން ހުންނަ ފަރާތަކީ އުމުރުން 18 އަހަރު ފުރި، ބޭންކް އެކައުންޓެއް ބެލެހެއްޓޭ ވަރުގެ ޤާބިލްކަން ލިބިފައިނުވާ ފަރާތެއްނަމަ އެފަރާތެއްގެ ބެލެނިވެރިޔާ / ބަލަދުވެރިޔާގެ ބޭންކް އެކައުންޓްގެ ތަފްސީލް.)

arrow-download-icon
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެހީއަށް އެދޭ ފޯމް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.