ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އެސިސްޓިވް ޑިވައިސް ބޭނުންވާ ފަރާތްތަކަށް އެފަދަ ތަކެތި ހޯދުމަށް އެހީތެރިވެދިނުން

ތަޢާރަފް

މިއީ ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުން އަމިއްލައަށް އުޅުމަށް އެހީތެރިވުމުގެ ގޮތުން ބޭނުންކުރާ ތަފާތު އާލާތްތައް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދެވޭ ޚިދުމަތެކެވެ.

އެސިސްޓިވް ޑިވައިސް ގޮތުގައި ފޯރުކޮށްދޭ ތަކެތި

  • Icon of a hospital bedއެއާ މެޓްރެސް / ހޮސްޕިޓަލް ބެޑް
  • Icon of a oxygen concentratorސީޕެޕް / ވީޕެޕް / ބައިޕެޕް
  • Icon of spectaclesނަންބަރު އައިނު
  • Icon of a wheel chairވީލްޗެއަރ / ސީޕީޗެއަރ
  • Icon of a hearing aidހިއަރިންގ އެއިޑް
  • Icon of a walkerކްރަޗާސް / ވޯކާސް / ވޯކިންގ އެއިޑް
…އަދި މިނޫންވެސް މިފަދަ އާލާތްތައް
  • ބޭސްފަރުވާގެ ޙަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަކުރުމަށްފަހު “ވިރަ” ކައުންޓަރަށް ހުށަހަޅަންވާނެއެވެ.
  • އެހީއަށް އެދޭ ފޯމު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، އަދި ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ “ވިރަ” ކައުންޓަރުތަކުންނާއި އަތޮޅު ނުވަތަ ރަށު ކައުންސިލް އިދާރާތަކާއި، އާސަންދަ ކުންފުނި އަދި މި އެޖެންސީގެ ވެބްސައިޓުން ލިބެން ހުންނާނެ.
  • ފޯމު ހުށަހެޅުން:
    • އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، އަދި ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ “ވިރަ” ކައުންޓަރުތަކުން
    • އަތޮޅު ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް GEMS ނުވަތަ ޕޯސްޓް ގެ ޒަރީއާއިން
    • 1400@aasandha.mv އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ވައިބަރ 7291402 މެދުވެރިކޮށް

ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހިމަވާނަމަ، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 7 ދުވަހުގެ ތެރޭގައި އެހީ ލިބޭކަން ނުވަތަ ނޫންކަން އެސް.އެމް.އެސް ގެ ޒަރީޢާއިން އެފަރާތަކަށް އަންގާނެއެވެ.

  1. އެހީއަށް އެދި ހުށަހަޅާ ފަރާތް، އެހީ ލިބެންވާ ފަރާތް އަދި އެކައުންޓްގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. އެދިފައިވާ އާލާތް (އެސިސްޓިވް ޑިވައިސް) އެހީއަށް އެދޭ ފަރާތަށް ބޭނުންވާކަމަށް ބަޔާންކޮށް ޑޮކްޓަރ ދެއްވާފައިވާ ލިޔުމާއި، އެހީއަށް އެދޭފަރާތުގެ ބަލި/ނުކުޅެދުންތެރިކަމާ ގުޅޭގޮތުން ޑޮކްޓަރ ދެއްވާފައިވާ ލިޔެކިޔުންތައް
  3. ބޭނުންވާ ޑިވައިސްއާގުޅޭ ކޯޓޭޝަންއެއް
  4. ސީޕެޕް / ވީޕެޕް / ބައިޕެޕް އަށް އެދިލައްވާނަމަ، ބޭސްފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އާލާތެއް ނުވަތަ މެޝިނެއް ހޯދުމަށް ހިނގާ ހަރަދު ހަމަޖައްސައި ދިނުމަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުމަށް
ފޯމުގައި ހިމެނޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ އެމަޢުލޫމާތު ފުރިހަމަކުރުމަށް އަންގައި 1 މަސްދުވަހުގެ މުއްދަތެއްދެވޭނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. ނަމަވެސް ފޯމު އަލުން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
އެޖެންސީއަށް ފޯމުހުށަހެޅުމުން ފޯމު އެޖެންސީގައި ރަޖިސްޓްރީކުރެވޭ ވަގުތު ފޯމުގެ އެންޓްރީ ނަންބަރާއެކު ފޯމު ލިބުނުކަން ފޯމު ހުށަހަޅާ ފަރާތުގެ މޮބައިލް ފޯން ނަންބަރަށް އެސް.އެމް.އެސް ގެ ޒަރީޢާއިން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.